ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަން ތަކެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވީއައިއޭއިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް މިއަދު ހެނދުނު 09:52 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމެއް ކަމަށެވެ.
ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނެމްބިއާގެ ފަތުރުވެރިއެއްގެ އަތުންނެވެ. އަދި އެމީހާއަކީ 60 އަހަރުގެ ފިރިހެނެކެވެ.
"ވަޒަންތަކާގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުން ދަނީ އެމީހާއާއި ސުވާލު ކުރަމުން" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް ވެސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!