"ޔޫރޯ 2020" މުބާރާތް ބެލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޕްރޮޖެކްޓަރ ދޫކުރަން ފަށާފައިވާ ޕްރޮޖެކްޓަރުތައް 112 ޖަމިއްޔާއަކާއި ހަވާލުކޮށްފި އެވެ.
އެމިނިސްޓްރީއިން މިއަދު ބުނީ ޔޫރޯ 2020 އާ ދިމާކޮށް އެމިނިސްޓްރީއިން ދޫކުރާ 194 ޕްރޮޖެކްޓަރުތަކުގެ ތެރެއިން 112 ޖަމިއްޔާއަކާ ޕްރޮޖެކްޓަރު ހަވާލު ކުރެވިފައިވާކަމަށެވެ.
"ޔޫރޯ 2020" މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް އެނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް އިޢުލާން ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އެލިސްޓްގައި 194 ކުލަބު ޖަމްޢިއްޔާާއަކަށް ޕްރޮޖެކްޓް ލިބޭނެކަމަ ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ 14 ކުލަބު ޖަމްޢިއްޔާއަކާއި ހދ. އަތޮޅުގެ 12 އަދި ށ. އަތޮޅުގެ 13 ޖަމިއްޔާ އަދި ކުލަބު ހިމެނިފައިވެއެވެ.
ފޯރިގަދަ ޔޫރޯ2020 ނިމުމަކާއި ގާވެފައިވަނިކޮން އެމިނިސްޓްރީއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ޕްރޮޖެކްޓަރ ދޫކުރުން މަޑުޖައްސާލެވިފައިވަނީ ކޮވިޑުގެ ޙާލަތަށް ރިޢާޔަތްކޮށްކަމަށެވެ.
ޔޫރޯ 2020 އާ ދިމާކޮށް މިނިސްޓްރީއިން ދޫކުރާ 194 ޕްރޮޖެކްޓަރުތަކުގެ ތެރެއިން 112 ޖަމިއްޔާއަކާ ވަނީ ޕްރޮޖެކްޓަރު ހަވާލު ކުރެވިފައި.
ޕްރޮޖެކްޓަރު ލިބުނު ޖަމިއްޔާތައް: https://t.co/HmE8cVkiuA pic.twitter.com/mzR56DY8Ck
— Ministry of Youth,Sports and Community Empowerment (@MoYSCEmv) July 6, 2021
ނަމަވެސް، ކޮވިޑްގެ ޙާލަތު މިވަގުތު ރަގަޅުވަމުން އަންނަކަން ފާހަގަކުރެވިފައިވާތީ، 1 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން، ހޮވިފައިވާ ކުލަބު ޖަމްޢިއްޔާތަކަށް ފްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!