ކޯވިޑް-19ގެ ޑެލްޓާ ސްޓްރެއިނަށްވުރެ ނުރައްކާތެރި ސްޓްރެއިނެއް ފެނިއްޖެއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ “ލަމްބްޑާ” ގެ ނަމުން ނަން ދީފައިވާ މި ސްޓްރެއިން ފާއިތުވި ހަތަރު ހަފުތާ ތެރޭގައި 30 ގައުމަކުން ފެނިފައިވާ ކަމަށެވެ. މިސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ޕެރޫ އިން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad
rt

ކޯވިޑް ޖެހިގެން މިހާތަނަށް ޕެރޫއިންވަނީ 193،230 ގިނަ މީހުން މަރުވެފައެވެ. މިއީ ދުނިޔޭގައި މިބަލީގެ ސަބަބުން އެންމެ ގިނަމީހުން މަރުވި 5 ވަނަ ގައުމެވެ.

އޮސްޓްރޭލިއާގެ ނިއުސް ޕޯޓަލެއްގައި ބުނެފައިވާ ގޮތުގައި އާ ސްޓްރެއިން އިނގިރޭސިވިލާތުން ވެސް ވަނީ ފެނިފައެވެ. އިނގިރޭސިވިލާތުން އަންނަނީ މާސްކު އެޅުމާއި ގައިދުރުކޮށް އުޅުން ހުއްޓާލައި ބޯޑަރު ހުޅުވާލަން ތައްޔާރުވަމުންނެވެ.

އެ ޕޯޓަލުގައި ބުނެފައިވަނީ ދިރާސާތަކުން އާސްޓްރެއިން ޑެލްޓާއަށްވުރެ ހަލުވި މިނުގައި ފެތުރޭނެ ކަމަށް ދައްކާ ކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނާ ގޮތުގައި ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށްވާ ޑެލްޓާއާ ދެކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވިފައި ނުވުމުން އެ ޖަމުޢިއްޔާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

2020ވަނަ އަހަރުގެ ފަހުކޮޅު އިންޑިޔާއިން ފުރަތަމަ ފަހަރަށް ފެނުނު ޑެލްޓާ ވޭރިއަންޓު މިހާރުވަނީ 100އަށްވުރެއް ގިނަ ޤައުމުން ފެނިފައެވެ.