ހއ. ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބުން ހޯދާފައިވަނީ ފައިނަލް މެޗްގައި ކުލަބް ޑޮލްފިން ސިޓީ އާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމްއަކުން ގޯލެއްކާމިޔާބް ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން 01-02 އިން 22 ސްޕޯރޓްސް ކުލަބް ކުރި ހޯދައިގެންނެވެ.

Ad
rt

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ 22 ސްޕޯރޓްސް ކުލަބް އަލީ ޒިޔާދް އެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލް ކޮށްދެއްވީ އާރް. ވީ. ސްޕޯރޓްސް އެކެޑެމީގެ ރައީސް ހާމިދް އާދަމް އެވެ.

މި މުބާރާތުގައި ޖުމަލް 06 ޓީމެއް ބައިވެރިވެފައި ވެއެވެ. އެޓީމް ތަކަކީ
22 ސްޕޯރޓްސް ކުލަބް
ކުލަބް ޑޮލްފިން ސިޓީ
ފްރިގޭޓަރ ޖޫނިއަރ
22 ސްޕޯރޓްސް ކުލަބް ޖޫނިއަރ
ފްރިގޭޓަރ ލައިޓް
ވޯރިއާސް އެފްސީ

މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 5000 އަދި ރަނައަޕް ޓީމް 2000 ރުފިޔާ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ކުޅުން ތެރިޔާއަށް ވަނީ މުބާރާތުގެ މެއިންސްޕޮންސަރ ހޯރަފުށީގެ ނޮވެލް އިންސްޓިޓިއުޓް ޓެކްނޮލޮޖީ އިން ސެޓްޕިކެޓް 03 ގެ އައީ .ޓީ ކޯހެއް ހިލޭ ދީފައެވެ.
މުބާރާތުގެ މެއިން ސްޕޮންސާ އަކީ ނޮވެލް އިންސްޓިޓިއުޓް ޓެކްނޮލޮޖީއެވެ. ކޯރ ސްޕޮންސަރުންނަކީ ނެކްސްރޯ އަދި ޓީޖެޓީއެވެ. އޮފިސަލް ޕާރޓްނަރ އަކީ އާރް.ވީ ސްޕޯރޓްސް އެކެޑެމީއެވެ.

މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 22 ސްޕޯރޓްސް ކުލަބް އަލީ ޒިޔާދް އެވެ.

މުބާރާތުގެ އެންމެމޮޅު 05 ކުޅުންތެރިންނަކީ
އަލީ ޒިޔާދް -22 ސްޕޯރޓްސް ކުލަބް
މުޙައްމަދު ރިސާން- 22 ސްޕޯރޓްސް ކުލަބް
ހަސަން ރިސާޙް -22 ސްޕޯރޓްސް ކުލަބް
މުހައްމަދު ޒަޔާން ޒުހައިރު -ކުލަބް ޑޮލްޕިން ސިޓީ
ޔާމީން އަބްދުލް ބާރީ -ފްރިގޭޓަރ ޖޫނިއަރ

ހަހެތި ޖަމިއްޔާ އަކީ ހޯރަފުށީގެ ޒުވާނުން ތަކެއް އިސްނަގައި އުފައްދާފައިވާ ކުޅިވަރާއި އިޖްތިމާއި އަދި ސަގާފީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެގޮތުން މިމުބާރާތަކީ ޖަމިއްޔާގެ 02 ވަނަ މުބާރާތެވެ.