ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގެމަސައްކަތް ކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއްގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިނިސްޓްރީ އޮފް ހެލްތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.