އިޒްރޭލުގައި ބޭނުން ނުކޮށް ހުރި 800،000 ވެކްސިން ޑޯޒު މުއްދަތު ހަމަވާތީ އުކާލަން ޖެހިދާނެކަމަަށް އެ ގައުމުން ބުނެފިއެވެ.

އެ ގައުމުން ބުނީ އެ ގައުމުގައި ހުރި ފައިޒާ ވެކްސިންގެ މުއްދަތު އަންނަ ޖުލައި މަހުގެ ފަހުކޮޅު ހަމަވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެވެކްސިން އެހެން ގައުމަކުން ނުގަނެފިއްޔާ އުކާލަން ޖެހޭނެ ކަމަށް އެ ގައުމުން ބުންޏެވެ.

Ad
rt

މުއްދަތު ހަމަވާ ޑޯޒުތަކުގެ ތެރޭގައި 1.4 މިލިއަން ޑޯޒު ހިމެނެއެވެ. ނަމަވެސް އޭގެ ތެރެއިން 600،000 ޑޯޒު އިޒްރޭލުގައި ބޭނުން ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިޒްރޭލުން މިހާރު އަންނަނީ ބާކީ ހުރި ޑޯޒުތައް ވިއްކުމާ ގުޅޭގޮތުން އެކި ގައުމުތަކާ މަޝްވަރާ ކުރަމުންނެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުންވަނީ ފައިސާ ދީގެން ނުވަތަ ފަހުން ލިބެން ހުރި ޑޯޒުތަކުގެ ބަދަލުގައި އެ ޑޯޒުތަށް ނެގުމަށް އެހެން ގައުމުތަކާ މަޝްވަރާ ކުރަމުންނެވެ.

އިޒްރޭލުން ވަނީ 12 އަހަރާއި 15 އަހަރުގެ ކުދިންނަށްވެސް ވެކްސިން ދެން ފަށައިފައެވެ. ނަމަވެސް ފަލަސްތީނުން ވަނީ މި ޑްރައިވްގައި ބައިވެރިނުވާން ނިންމަައިފައެވެ. އެގައުމުން އެގޮތަށް ނިންމީ ވެކްސިން މުއްދަތު ހަމަވާން ކައިރިވެފައިވާތީއެވެ.