ކ. ކާށިދޫގައި މަގުމަތިން ދިޔަ ކުޑަ ފިރިހެން ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

އަދި އަނިޔާ ލިބުނު ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި ލިބުނު އަނިޔާތަކަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފާވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުންކަމަށް ފުލުހުން ހާމަކުރިއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ދެމުން ދާ އަނިޔާތަށް ދަނީ އާންމުވަމުންނެވެ. މި މަހުގެ 22 ވަނަ ދުވަހުވެސް ވަނި ބަޔަކުވެގެން ރަހީނުކުރުމަށްފަހު އަނިޔާވެރިކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައެވެ.

އެ މައްސަލާއިގައި ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާ 17 އަހަރުގެ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައެވެ. އެ މައްސަލަވެސް މިހާރު އަންނަނީ ތަހުގީގު ކުރެވެމުންނެވެ.