ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން 34 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާގޮތިގައި ނިޔާވެފައި ވަނީ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ވެއެވެ.

Ad
rt

މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 208 ވަނަ މީހާއެވެ.

މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 48 އެވެ. ރާއްޖެއިން މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން ގިނައިން މިބަލީގައި ނިޔާވެފައި ވަނީ ދޮށީ އުމުރުގެ މީހުންނެވެ. 10 އަހަރުގެ ކުޑަކުއްޖަކުވެސް މިބަލީގައި ނިޔާވެފައިވާއިރު، ނިޔާވި އެންމެ ޒުވާން އުމުރުގެ މީހަކީ 25 އަހަރުގެ މީހެކެވެ.

ކޯވިޑް ބަލީގައި އިތުރު މިހަކު ރާއްޖެއިން ނިޔާވެފައިވާއިރު، ރާއްޖޭއިން މިހާތަނަށް 72،466 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 4،362 މީހުން ތިބިއިރު، މިހާތަނަށް 67،886 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 41 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.