ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ، "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުށަހެޅުންތަކާއި އެ ހުށަހަޅާ ސަބަބުތައް ބަޔާންކޮށްފި އެވެ.

މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވާއިރު، މަޖިލީހުގެ ތަޅުމަށް ވަނީ މި ބިލު ބަލައިގަނެ ބަލައިގަނެފައެވެ.

Ad
rt

އެޗްއާރްސީއެމް ގެ ހުށަހެޅުންތަކުގެ ތެރޭގައި 10 ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- .ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް … ވަނަ އިސްލާޙް ހުށަހެޅުމުގެ ބިލް" ޤާނޫނަކަށް ވެގެން އަންނައިރު، ދިވެހިރާއްޖޭގެ ޤާނޫންލްޢުޤޫބާތަށް އިތުރުވެގެން އަންނަ މާއްދާގައި، މާނަކުރުމުގެ އަކުރެއް ހިމަނާފައިނުވާ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ބާބުތަކާއި މާއްދާތައް އެކުލަވާލެވިފައިވާގޮތަށް ބަލާއިރު، ޤާނޫނުގެ ބާބުތަކާއި، މާއްދާތައް އެކުލަވާލެވިފައިވަނީ، އެ ބާބެއްގައި ބަޔާންކުރެވިފައިވާ މާއްދާތަކުގައި ބޭނުންކުރެވިފައިވާ ލަފްޒުތަކާއި ޢިބާރާތްތައް އެމާއްދާތަކުގެ ބޭނުމަށް މާނަކުރާނެ ގޮތް ނުވަތަ މިންގަނޑާއެކު ކަމަށްވެފައި، " ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް … ވަނަ އި ސްލާޙް ހުށަހެޅުމުގެ ބިލް" އިން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިތުރުކޮށްފައިވާ 124 ވަނަ މާއްދާއަށް ނަޒަރުކުރާއިރު، އިބާރާތްކޮށްފައިވާގޮތުން، އެ މާއްދާގައި ބޭނުންކޮށްފައިވާ ބައެއް ލަފްޒުތައް އެމާއްދާގެ ބޭނުމަށް މާނަ ނުކޮށްފިނަމަ، 'ނަފްރަތުގެ ޢަމަލު ހިންގުމުގެ ޢަމަލުގެ ކުށް' ކަނޑައެޅުމުގައި އުދަނގޫތަކެއް ދިމާވުމުގެ އިތުރުން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައި ވާ ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިވެގެން ދިއުމުގެ އިޙުތިމާލު އޮތުމުން، ޙަވާލާދީފައިވާ މާއްދާގެ ބޭނުމަށް އެމާއްދާގައި އިބާރާތްކުރުމުގައި ބޭނުންކޮށްފައިވާ ބައެއް ލަފްޒުތަކުގެ މާނަކުރުންތައް ވަކި އަކުރެއްގެ ގޮތުގައި މި މާއްދާއަށް އިތުރުކޮށް، މި ބާބުގެ މާނަކުރުންތައް ހިމަނާފާއިވާ މާއްދާގައި 124 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ހިމެނޭ މާނަކުރުންތައް ހިމެނުމަށް.

2- އަދި އިސްވެ ދެންނެވި ފަދައިން މި މާއްދާގައި ހިމެނޭ ލަފްޒުތައް މާނަ ކުރުމުގައި، މާނަ ކުރުމުގެ ތެރެއަށް 'ނަފްރަތުގެ ބަސްތަކާއ ޢަމަލުތައް' ކަމުގައި ކަނޑައެޅޭނެ ބަސްތަކާއި ޢަމަލުތައް ކަނޑައެޅޭނެ ޙާލަތްތަކާއި މިކަން ދެނަގަނެވޭނެ މިންގަނޑުތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގެއަސާސީގެ 16 ވަނަ މާއްދާގައި ބުނާ މިންގަނޑުތަކާއި، 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކާއި މިނިވަންކަން އަދި ރާއްޖެ ސޮއިކޮށް ތަޞްދީޤުކޮށްފައިވާ މުއާޙަދާތަކާއި ޤަރާރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، އިސްވެދެންނެވުނު ހައްޤުތައް ކަށަވަރުކުރެވޭނެ ގޮތުގެމަތިން 'ނަފްރަތުގެ ބަސްތަކާއި ޢަމަލުތައް' މާނަކޮށްދިނުން.

3- .އިންޓަރނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް )އައި.ސީ.ސީ.ޕީ.އާރ( ގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި ޤައުމެއްގެ ނުވަތަ ނަސްލެއްގެ ނުވަތަ ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި، ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ޤާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވީ ހިނދު، މި މުއާހަދާ މައްޗަށް ހެދިފައިވާ ކެމްޑެން ޕްރިންސިޕަލްސް )-the/standards/pdfs/files/data/org.article19.www://https pdf.equality-and-expression-of-freedom-on-principles-camden )ގެ 12 ވަނަ ޤާއިދާގައި އިރުޝާދު ދީފައިވާފަދައިން ނަފްރަތުގެ ޢަމަލެއް ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަކުރަންޖެހޭ ތިން އުންސުރު ފުރިހަމަކޮށް، ނަފްރަތުގެ ޢަމަލުތަކާއި ބަސްތައް ކަނޑައެޅުމުގައި ރިއާޔަތްކުރަން 2 ނުކުތާއެއް ފާހަގަކުރުން.

.4- ދިވެހިރާއްޖޭގެ ޤާނޫނަކުން ނަފްރަތުގެ ޢަމަލަކީ ޖިނާއީ ކުށެއްކަމުގައި ހަދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގައި ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އައި.ސީ.ސީ.ޕީ.އަރު ގެ 19 ވަނަ މާއްދާގެ 1 އަދި 2 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައިވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ލިބިދޭ ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ އިމުގެ ތެރޭގައި ހަނިކުރެވިދާނެ ކަމަށާއި، އަދި އައިސީޕީއާރުގެ 19 ވަނަ މާއްދާގެ 1 އަދި 2 އިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން، ގައިދުކުރެވިދާނެކަމަށް އެމާއްދާގެ 3 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނިގުޅައިގަނެވޭނީ އެހެން މީހުންގެ ޙައްޤުތަކަށާއި، އަބުރަށް އިޚްތިރާމްކުރުމަށާއި، ޤައުމީ ސަލާމާތާއި މުޖުތަމަޢުގެ ހަމަޖެހުމާއި ޢާންމު ޞިއްޙަތާއި އިޖުތިމާޢީ މިންގަނޑު ރައްކާތެރިކުރުމަށްކަމުގައި އެ މާއްދާއިން ފާހަގަކޮށްފައިވާތީ،

5- އދ. ގެ ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗްގައި ނަފްރަތުގެ ބަސްތައް ގިންތިކުރާއިރު، އެ ގިންތިކޮށްފައިވަނީ ނަފްރަތުގެ ޢަމަލެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަދަލުގައި އެހެން ޤާނޫނަކުން ނުވަތަ މަދަނީ މިންގަނޑަކުން އެފަދަ ޢަމަލުތައް ހަނިކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަމަށްވެފައި، އަދި މި ގިންތީގެ ޢަމަލެއް ޙާއްޞަ ޙާލަތެއްގައި ނަފްރަތުގެ ޢަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ހަމައެކަނި ގޮތަކީ 'ކެމްޑަން ޕްރިސްޕަލް' އަދި އދ. ގެ ސްޓްރެޓެޖީ ބަޔާންކުރާ 3 އުންސުރު )incitement, advocacy, hostility & hatred ( ފުރިހަމަވެގެން ކަމުގައި ވީހިނދު، މި ފަދަ ޢަމަލުތައް އިސްވެ މިންގަނޑަށް ނުފެތޭނަމަ، އެހެން ޤާނޫނަކުން ނުވަތަ މަދަނީ މިންގަނޑަކުން ހަނިކުރެވިދާނެ ޢަމަލުތަކެއް ގޮތުގައި ހެދުން.

6- އައި.ސީ.ޕީ.އާރުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ނަފްރަތުގެ ޢަމަލުތަކަކީ؛ ހަނގުރާމައަށް ގޮވާލުމާއި، ހިއްވަރުދިނުމާއި، ޤައުމީ ތަފާތުކުރުމުގެ ތެރެއިންނާއި ދީނީ ތަފާތުކުރުމުގެ ތެރެއިންނާއި، އަދި ނަސްލީ ތަފާތުކުރުމުގެ ތެރެއިން ފަރުދުންގެ މެދުގައި ތަފާތުކުރުމަށާއި، ރުޅިވެރިކަން އުފެއްދުމަށާއި، އަނިޔާވެރި ޢަމަލެއް ހިންގުމަށް ހިއްވަރުދިނުން ފަދަ ޢަމަލުތަކަކީ އިސްވެ ހަވާލާދީފައިވާ އައި.ސީ.ޕީ.އާރުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލުތަކާއި ތަފާތު، އަދި އެކަން މަނާކުރުމުގެ ގޮތުން ޤާނޫނަކުން ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅިދާނެ ޢަމަލުތަކެއް ކަމުގައި އެމާއްދާގައި ފާހަގަކޮށްފައިވާތީ، މި ފަދަ ޢަމަލުތައް ތަފްޞީލުކޮށް ބަޔާންކުރުމާއި އދ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޤާނޫނަކުން ނަފްރަތުގެ ޢަމަލުތަކެއްގެ ގޮތުގައި ކަނޑައެޅުން.

7- ހަމަމިއާއި އެކު، އައި.ސީ.ޕީ.އާރުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ނަފްރަތުގެ ޢަމަލުތައް ކުށެއްގެ ގޮތުގައި ކަނޑައެޅުމުން، އައި.ސީ.ޕީ.އާރުގެ 19 މާއްދާގައި ބަޔާންކުރާ ޙައްޤުތައް ނެގެހެއްޓުމަށްޓަކައި، 'ކެމްޑެން ޕްރިންސިޕަލް'، އދ. ގެ ސްޓްރެޓެޖީ އެންޑް ޕްލޭން އާއި 'Action of Plan Rabat 'ގައި އަލިއަޅުވާލާފައިވާ ޓެސްޓްތަކާއި ޕެރަމީޓަރސް ތަކަށް ޢަމަލުކުރަންޖެހޭނެކަމަށް އދ. ގެ ސްޓްރެޓެޖީ ގައި ބަޔާންކޮށްފައިވާ ހިނދު،

8- ނަފްރަތުގެ ޢަމަލު ކުށަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ ޕީނަލް ކޯޑަށް ގެނެވިފައިވާ އިޞްލާޙަށް ނަޒަރުކުރާއިރު، ބިލު މިހާރު އޮތްގޮތުން އިސްވެ ޙަވާލާދެވިފައިވާ ޓެސްޓްތަކާއި ޕެރަމީޓަރސް ނުފެތޭތީ އާއި ދިވެހިރާއްޖެއަކީ، އދ. ގެ މެންބަރު ގައުމަކަށްވުމުގެ އިތުރުން އައި.ސީ.ސީ.ޕީ.އާރު އަށް ޢަމަލުކުރުމަށް ސޮއިކޮށް އެ މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމެއްކަމުގައި ވާތީ، އިސްވެ ދަންނަވާފައިވާ ހަމަތަކުގެ މަތިން، މި މުއާހަދާއާއި ބައިނަލްއަޤްވާމީ 'ގުޑް ޕްރެކްޓިސް' ގައި ބަޔާންކޮށްފައިވާ އިރުޝާދުތަކަށް ފެތޭގޮތަށް، ިދ ެވިހ ާރ ްއޖ ގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 27 ،28 އަދި 29 އިން ކަށަވަރުކޮށްދޭ ޙައްޤުތައް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި ހަނިކުރުމަށްޓަކައި ބިލް އިޞްލާޙުކުރުން .

9- އެގޮތުން، ނަފްރަތުގެ ކުށާއި ނަފްރަތުގެ ބަސް ކުށަކަށް ވެގެން އަންނައިރު, ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވޭނެ ޙާލަތްތަކާއި މި ޙައްޤުތައް ހިމާޔަށްކުރާނެ ސޭފްގާޑްތަކެއް ކަނޑައަޅައި، ކޯޓަށް މިފަދަ ޙައްޤެއް ހަނިކޮށްގެން ނުވަތަ މިފަދަ ޙައްޤައް އުނިކަން އައިސްފިކަމަށް ބުނެ މައްސަލަ ހުށަހެޅޭނެ ޙާލަތްތަކާއި، އެ މައްސަލައެއް ކޯޓުން ނިންމާއިރު ރިޢާޔަތް ކުރަންޖެހޭ ކަންކަން ކަނޑައަޅައި ޢާންމުކޮށް ޝާޢިޢުކުރުމާއެކު، ގުޅުން ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް އިސްލާޙުކުރުން.

10- ނަފްރަތުގެ ކުށް ކަނޑައެޅުމުގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހި ރާއްޖޭގައިވެސް މި ފަދަ ބަސްމަގު ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަކި ޤައުމީ ސިޔާސަތެއްގެ ދަށުން އެކުލަވައިލައި ކުރުމަކީ މުހިއްމުކަމަކަށް ވީހިނދު، މިގޮތުން މި ފަދަ މައްސަލަތަށް ބަލާނެ ގޮތުގެ ތަމްރީނުތައް ދިނުމާއި، މިފަދަ ނަފްރަތުގެ ކުއްތަށް ނުވަތަ ޢަމަލުތައް ހުއްޓުވުމަށްޓަކައި މުޖްތަމަޢު ހޭލުންތެރި ކުރުވުމަށްޓަކައި ޕްރޮގްރާމްތައް އެކުލަވާލުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިނުގަނެ މި މަސައްކަތްތައް ކުރެވެނެ ގޮތްތަށް
ދަނެގަނެ އެކަންކަން ކުރުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލުން.

މީގެ އިތުރުން އެޗްއާރްސީއެމްއިންވަނީ ސްޕެސިފިކް ކޮމެންޓުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން އެ ބިލުގެ ވަކިވަކި މާއްދާތައް އުނިކުރުމަށާއި މާއްދާތަކަށް އެކޮމިޝަނުގެ އިޞްލާހުތަކާއި ހުށަހަޅާ ސަބަބުތައް ވަނީ ބަޔާންކޮށްފަ އެވެ.

"ނަފްރަތުގެ އަމަލު' ބަޔާން ކުރާ މިބިލުގައި މިހާރު އޮތްގޮތުން ދީނާ އިދިކޮޅު ޢަމަލުތަކަށް އިންކާރުކޮށްއެކަމާ ދެކޮޅުހެދުމަކީ ކުށަކަށްވާއިރު، މިބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވެގެންދާނެކަމަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ބިލާ ގުޅިގެން ރާއްޖޭގެ ގިނަ ރައްޔިތުން އަންނަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިއަމުންނެވެ. އަދި ދާދިފަހުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅާފައެވެ. އަދި "ބޭން ސެކިއުލަރ ބިލް" ގެ ނަމުގައި ކުރިއަށް ގެންދައި އޮންލައިން ޕެޓިޝަނެއްގައި މިހާރު 7500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ކައުންސިލްތަކާއި، އާންމު އަދި ދީނީ ޖަމިއްޔާތަކުން ވެސް އަންނަނީ މި ބިލާއި ދެކޮޅަށް އަޑުއެފުލަމުންނެވެ.

މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް