ހއ. ހޯރަފުށީގައި އަލަށް ރަޖިސްޓަރީ ކުރެވުނު އާރް.ވީ. ސްޕޯރޓް އެކެޑެމީ ހަރަކާތް ތަކުގެ ތެރެއިން ހޭންޑްބޯލް، އަދި ފުޓްބޯޅަ ކުލާސްތަކުގައި ރެޖިސްޓްރީވުމަށް މިމަހުގެ 18 ވަނަދުވަހުންފެށިގެން ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

އެގޮތުން ބައިވެރިވާން ހުޅުވާލައިފައިވާ އުމުރުފުރާއަކީ 16 އަހަރުން ދަށުން ފެށިގެން 05 އަހަރާއި ހަމައަށެވެ.

Ad
rt

އާރް.ވީ. ސްޕޯރޓްސް އެކަޑެމީ މައުލޫމާތު ދޭގޮތުގައި ކުޅިވަރުތައް ކިޔަވައިދެއްވާނީ އެކަމަށް ތަމްރީން ކުރެވިފައިވާ އަދި ކުޅިވަރުގެ ތަޖްރިބާހުރި މުދައްރިބުންނެވެ. އަދި ކުޅިވަރުތަކުގެ އިތުރުން ކުޅިވަރުގު ޑިސްޕްލިންއާއި ، ކުޅިވަރުގެ މޯޓިވޭޝަން އަދި މީގެ އިތުރުން އެކަޑެމީގެ ދަރިވަރުން އިސްލާމް ދީން ރިވެތި އުސޫލްތައް ދަސްކޮށްދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދާނެއެވެ.

އާރްވީ ސްޕޯރޓްސް އެކަޑަމީ އަކީ 2020 އަހަރުން ފެށިގެން ހޯރަފުށީ މުޅީންއަލަށް ރެޖިސްޓްރީކޮށް ހޯރަފުށި ކުޅިވަރު އާލާކޮށް .ކުރިވަރުގެ ރަނގަޅު ޖީލެއް ބިނާކޮށް ހުނަރިވެރިން ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގުސަދުގައި އުފައްދާފައިވާ އެކަޑެމީއެކެވެ.

އާރްވީ ސްޕޯރޓްސް އެކަޑަމީ ފަރާތުން ވަނީ ހޯރަފުށީގައި ހޯރަ އީދް ވޮލީ ލީގްނަމުގައި ކުޑައީދުގައި ޒުވާނުންނަށް ހާއްސަކޮށް ވޮލީމުބާރާތެއް ވަރަށް ކާމިޔާބްކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާފައެވެ.

މީގެއިތުރުން ހއ.އަތޮޅު މަދަރުސާގެ ކީސްޓޭޖް 1 އަދި 2 ގެ ކުލާސްތަކުގެ ސްޕޯރޓްސް ވީކްގެ ހޭންޑްބޯލް އަދި ފުޓްސަލް ޕްރެކްޓިސް ސެސަންތަކާއި ކުލާސްތަކުގެ މެދުގައި ކުޅެވޭ މެޗްތައް އިންތިޒާމް ކޮށް ކުރިއަށް ގެންގޮސްދީފައެވެ.