ފައިޒާގެ ސީއީއޯ އަލްބާޓް ބޯރލާގެ ނަޒަރުގައި ކޯވިޑް-19އިން އަރައިގަނެވި، ދުނިޔެ އާއްމު ހާލަތަށް އަންނާނެ ކަމަށް ލަފާކުރެވޭނެ ގޮތާއި އާންމު ދިރިއުޅުމަކަށް ދެވޭނެ ދުވަސްވަރަކީ ކޮބައިކަން ހާމަކުރައްވައިފި އެވެ.

މިކަމާއި ބެހޭގޮތުން އަލްބާޓް ވާހަކަ ދައްކަވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ސީއެންބީސީ ނޫހަށް އޭނާ ދިން އިންޓަވިއުއެއްގައެވެ.

Ad
rt

އޭނާ ވިދާޅުވީ މިއަންނަ 2022 ވަނަ އަހަރުގެ ފަހުކޮޅު ކޯވިޑް19 ގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ. އެހާތަނަށް މުޅި ދުނިޔޭގެ އެންމެނަށް ވެކްސިން ލިބޭނެ ކަމަށް އޭނާ ލަފާކުރެއެވެ.

އަލްބާޓް ބޯރލާ ވިދާޅުވިގޮތުގައި ދުނިޔެ އެއްކޮށް އާއްމު ހާލަތަށް އަންނަން އިތުރު އެއް އަހަރު ނެގި ނަމަވެސް ތަރައްގީ ވަމުން އަންނަ ގައުމުތައް އޭގެ ކުރިން އާއްމުހާލަތައް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

“އަޅުގަނޑުމެންނަށް މިހާރު ލަފާ ކުރެވެނީ 2022ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ދުނިޔޭގެ އެންމެނަށް ވާވަރަށް ވެކްސިން ލިބި މި ޕެންޑެމިކް ނިމޭނެ ކަމަށް. މިއަހަރުނިމޭތަނަށް ތަރައްގީވަމުން އަންނަ ގައުމުތައް މިކަމުން ސަލާމަތްވާނެ ކަމަށްވެސް ލަފާ ކުރެވޭ”

އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ފުރަތަމަ ކޭސް ދުނިޔެއިން ފެނިފައިވަނީ 2019ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ވަނީ މިބަލި ފެތުރިފައެވެ.

މި ބަލީގެ ވެކްސިންތައް މިހާރު ހޯދިފައިވީ ނަމަވެސް އަދިވެސް ދުނިޔޭގެ ބޮޑު އާބާދީއަކަށް ވެކްސިން ނުލިބެއެވެ. އަދި ބައެއް ގައުމުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށްގޯސްވެފައެވެ. މީގެ ތެރޭގައި އިންޑިއާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.