މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ފަތިހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއަދު ހިންގި މި އޮޕަރޭޝަންގައި އަމިއްލަ ނަފްސަށް އަނިޔާކުރި ގައިދީ ގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި އިތުރު 2 ގައިދީ އަކާއި ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވެއެވެ. އަދި މި 2 ގައިދީންނަށް ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދީފައިވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން، މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަމަށްވެސް މައުލޫމާތު ދިނެވެ.

މާލެ ޖަލާއި މާފުށީ ޖަލުގައި މިއަދު ހިންގުނު މި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން، ސިމް ކާޑާއެކު 1 މޯބައިލް ފޯން މާލޭ ޖަލުން ފެނިފާވާއިރު މާފުށި ޖަލުން، ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ މިހާރު އަަންނަނީ ތަޙްޤީޤު ކުރެވެމުންނެވެ.