މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުުހުން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން ނިދުމާއި އެއްޗެހި ދޮވުމާއި އަދި މިސްކުތެގެ ހުރުމަތް ކެނޑޭނެފަދަ ކަންކަމަށް މިސްކިތްތައް ބޭނުން ކުރަމުން އަންނަކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށެވެ.

Ad
rt

ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ އަމަލުތައް ކުރަމުން އަންނަ ފަރާތްތައް ހޯދުމުގެ ގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށާއި އެފަދަ ގޮތްގޮތަށް މިސްކިތް ބޭނުން ކުރާފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހޭފަދަ ހާލަތްތަކުގައި އެފަރާތްތަކުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

މީގެ އިތުރުން، މި ކަންކަމުގެ މައުލޫމާތު ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާއި އިދާރާތަކާއި ހިއްސާ ކުރައްވައިގެން މިކަށް ހައްލުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅު ތަކެއް ގެންދަނީ އަޅުއްވަމުން ކަމަށްވެސް ފުލުހުން ވަނީ ހާމަކުރަށްވާފައެވެ.

މީސްމީޑިއާގައި ދައުރުމުން އަންނަ ފޮޓޯ ތަކެއްގައި ދެ މީހަކު މިސްކިތުގައި ނިދަން ތިބޭތަން ފެންނައިރު މި ފޮޓޯ ތައް ހާމަކުރި ފަރާތުން ލިޔެފައިވާގޮތުން އެއީ ފަތިސް ނަމާދު ވަގުތު ކަމަށާއި އަދި އެ މީހުންނަށް ގޮވުމުން ތެދުވެގެން ދިޔައީ މިސްކިތުގައި ބެހެއްޓިފައި ހުރި ޙަތިމައެއްގެ ތެރެއިން ކޮންމެވެސް ކަހަލަ ޕެކެޓެއް ނަގައިން ކަމަށެވެ. އޭނާގެ ޕޯސްޓުގައި ވާގޮތުން ޚަތިމުތަކުގެ ތެރެއައް ފޮރުވަން ލާފައި ހުންނަނީ މައްސަލަ ރިޕޯޓު ކުރާތީ ފުލުހުން މިހާރު މިސްކިތްތައް ބަލާތީއެވެ.