މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ހިނގި ބޮމުގެ ހަމަލާގައި ޒަޚަމްވި އާދަމް އުމަރަށް ޖެންޑާ މިނިސްޓްރީއިން އެހީތެރިވަމުންދާކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އާދަމް އުމަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްތަކެއް ހުރުމާއި ގުޅިގެން އާންމުންގެ ޕުރެޝަރު ބޮޑުވެފައިވަނިކޮށް، މިކަން ހާމަކުރައްވާ ޖެންޑާއިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަަނީ އެ މިނިސްޓްރީގެ މެންޑޭޓުގެދަށުން ފޯރުކޮށްދެވޭނެ އެހީގެ މަޢުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

Ad
rt

"ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން މިނިސްޓްރީއިން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްވެސް ދެންނެވީމެވެ."

އެ ޓުވީޓުގައި އެދިލައްވާފައިވެއެވެ.

"ތިލަދުން" އަށް މައުލޫމަތު ދެއްވަމުން އަނިޔާވި އާދަމް އުމަރު ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޖެންޑާއިން އޭނާއަށް ގުޅި ކަމަށާއި އަދި އެ އެހީ ހަމަޖެހިފައިވާ ކަމުގެ އީމޭއިލް އެއްވެސް ލިބިފައިވާކަމަށެވެ. މީގެއިތުރުން އެހީ ހަމަޖެހިގެން އެންސްޕާއިން ވެސް ގުޅާފައި ވާކަމަށް އާދަނު މައުލޫމާތު ދިނެވެ.

ބޮމުގެ ހަމަލައިގާ އަނިޔާވި އާދަމް އުމަރަށް ސަރުކާރުން އެހީނުވާތީ އެކަން ކުށްވެރިކޮށް ވަރަށް ގިނަ އާންމު ފަރާތްތަކުން ވަނީީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.