ހދ. ނޮޅިވަރަންފަރު ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

އެ ރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަލުތެރޭގައިވާ ބޮޑެތި މިދިލަގަސްތަކާއި އެނޫންވެސް ގަސްގަހަށާއި ރުއްތަކުގައި އަލިފާންރޯކޮށް، ކެނޑުމަށްފަހު، ރަށުގެ ވަލުތެރޭގައްޔާއި މަގު މަގުގެ ކައިރީގައި، މަގަށް އަރާގޮތަށް ކެޔޮގަހާއި ބަބުކެޔޮ ގަސް އިންދުމަށް ވަޅުކޮނެ، މުޅިރަށުގެ ތިމާވެށި ހަލާކުވެފައިވާކަންވަނީ އެފަރާތުގެ ސަމާލުކަމަށް އައިސްކަމަށެވެ.

Ad
rt

މިކަމާ ގުޅިގެން ހުއްދަނެތި ވަލުތެރޭގައި ހުންނަ ރުއްގަސް ކަނޑާ، އެތަންތަނުގައި ވަޅުކޮނެ އެއްވެސް ބާވަތެއްގެ ގަހެއް އިންދުންވަނީ އިއްޔެއިން ފެށިގެން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤަވާއިދު ނަންބަރު 2011/R-9 "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގެ ދަށުން ފިޔަވަޅުއެޅޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ ގޮތްގޮތަށް ޢަމަލުކުރާ ފަރާތްތަކުގެ މަޢުލޫމާތުާ ހިއްސާކޮށްދެއްވުމައްވެސް ކައުންސިލުންވަނީ އެ ރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.