ތިލަދުންމަތީ ހަނިމާދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ސައިޓަށް ގެންގޮސްފި

A1A3AF73-352C-4145-900B-47B92696FB82

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިންބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން  ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކްމީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައިއެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާއިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 57.12 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 05 މެއި 2020 ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި