ދޫންޏެއް ސަލާމަތް ކުރަން މިޔަރުތަކެއްގެ ތެރެއަށް ފުއްމާލި މީހަކަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބި ތައުރީފު އޮހެން ފަށައިފިއެވެ.
މިކަން ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގައެވެ. ރާއްޖޭގެ ފިލްމް މޭކާއެއް ކަމަށްވާ ޖަލީލް ނަޖާފޮވް ގެ އިންސްޓަގްރާމުގައި އޭނާ ހިއްސާކުރި ވީޑިއޯގައި ފެންނަނީ އަޒާލިއާ ކްރޫޒް ލައިންގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ރަކީބު ދޫންޏެއް ސަލާމަތް ކޮށްގެން އެނބުރި ޔޮޓަށް އަރާ މަންޒަރެވެ.
ޖަލީލް މި ވީޑިއޯ ހިއްސާ ކުރުމުން މިހާރު އެ ވީޑިއޯ ވަނީ ވައިރަލްވެފައެވެ. ދުނިޔޭގެ އެތައް ބަޔަކު ދަނީ މުހައްމަދު ރަކީބުގެ ހިތްވަރަށް ސާބަސްދީ އޭނާއަށް ތައުރީދު ކުރަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ރަކީބު ސަލާމަތް ކުރަނީ ކަނޑުގައި ނުއުދުހެވިފައި އޮތް ޕިންޗަރެކެވެ. އޭނާ އެ ދޫނި ސަލާމަތް ކޮށްގެން ޔޮޓާ ދމާލަށް ފަތާފައި އަންނައިރު މިޔަރުތައް ކައިރީގައި ވަށަލައިގެން އުޅޭ މަންޒަރުވެސް ފެނެއެވެ.
ޖަލީލުއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ދޫންޏަކީ ޔޮޓުގައި ގެންގުޅޭ ދޫންޏެޖކެވެ. އެ ކަނޑަށް ވެއްޓުނުކަން އެނގުނީ އޭތި އަޑުލައްވން ފެށުމުން ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިހާރު ދުނީގެ ހާލަތު ރަނގަޅުކަމަށާއި ދޫނި އުޅެނީ ޔޮޓުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ޖަލީލް ބުނީ ވީޑިއޯއިން ދެ މިޔަރު ފެނުނު ނަމަވެސް އެވަގުތު ޔޮޓު ކައިރީގައި 10ވަރަކަށް މިޔަރު އުޅުނު ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މުހައްމަދަށް އެއްވެސް ބިރުވެރިކަމެއް އޮތް ކަމަށް ނުބެލެވޭކަމަށް އޭނާ ބުންޏެވެ. އެ މިޔަރުތަކަކީ އާއްމުކޮށް މީހުންނަށް ހަމަލަދޭ ބާވަތުގެ މިޔަރުތަކެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!