އެމެރިކާއިން މިއަދު އިއުލާނު ކުރި ދުނިޔޭގެ އެކި ޤަމުތަކަށް ވެކްސިން ފޯރުކޮއްދިނުމުގެ ޕުރޮގްރާމުގައި ރާއްޖެ ހިމެނިއްޖެ އެވެ.

ކޮވިޑް-19 ބަލި ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ފަރާތުން ދުނިޔޭގެ އެކިކަންކޮޅު ތަކަށް 25 މިލިއަން ޑޯޒު ވެކްސިން ހަދިޔާ ކުރައްވާނޭކަމަށް އެޤައުމުން ހާމަކުރި އެވެ.

Ad
rt

މީގެތެރެއިން 19 މިލިއަން ޑޯޒް ގައުމު ތަކަށް ފޯރުކޮއްދެން ނިންމާފައި ވަނީ އދ. އިން އިސްވެ 'ކޮވިޑް19 ވެކްސިން ގުލޯބަލް އެކްސެސް (ކޯވެކްސް)' ޕުރޮގްރާމް މެދުވެރިކޮށެވެ. މިގޮތުން އޭޝިއާގެ ގައުމުތަކަށް ހަދިޔާ ކުރަން ނިންމާފައި ވަނީ 7 މިލިއަން ޑޮލަރެވެ.

މި އެހީގައި ހިމެނުނު ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޭޝިއާ ގެ 15 ޤައުމު ހިމެނިފާވެއެވެ.

އެމެރިކާގެ ނިންމުމަށް ރާއްޖޭގެ ރައީސް ވަނީ ދިވެހި ރައްޔިތުންގެ ނަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާއިން ހަދިޔާ ކުރި ވެކްސިން ޑޯޒް ތައް އުފަލާއެކު ބަލާގަންނަކަމަށް ވެސް ރައީސް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެމެރިކާގެ މި އެހީ ބޮޑަށް އަމާޒު ވެފައި ވަނީ ދުނިޔޭގެ ފަޤީރު ޤައުމުތަކަށާއި އަދި ކުރިއަރަމުން އަންނަ ޤައުމު ތަކަށް ކަމަށް އެގައުމުން ބުނެފައިވެއެވެ.