ހއ. ބާރަށުގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އަމިއްލަ ތަކެތީގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށް މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ.

Ad
rt

ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ޕްރި-ބިޑްބައްދަލުވުން ވަނީ މިމަހުގެ 10ވަނަ ދުވަހަށް ތާވަލުކުރެވިފައެވެ.

މީގެ އިތުރުން، ބީލަން ބަލައިގަތުން މިމަހުގެ 24 ވަނަދުވަހާ ހަމައަށް ހުޅުވައިލެވިފައިވާއިރު 25 ޖޫންގައި ބީލަންތައް ހުޅުވުމަށްވަނީ ނިންމާފައެވެ.

ބީލަމުގައި ބައިވެރިވާ ޝައުގުވެރިވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާގެ އީމެއިލްއަށް މައުލޫމާތު ފޮނުވުމަށްފަހު ރަޖިސްޓްރީވުމަށް ބާރަށު ކައުންސިލްގެ އިއުލާންގައި ބުނެފައިވެއެވެ. ރަޖިސްޓްރީވުމަށް ފޮނުވާ މެއިލްގައި އިއުލާން ނަންބަރު، ބީލަން ހުށަހަޅާ ފަރާތް ނުވަތަ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝްން ނަންބަރު، ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި މަގާމް ހިމެނުމަށް ބުނެފައިވެއެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ބާރަށު ކައުންސިލްގެ ނަންބަރ 6500016 ގުޅުމަށް މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.