ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 79 އަހަރުގެ ފިރިހެނެކެވެ.
މިއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުން އަދަދު މިވަނީ 150 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 77 އެވެ.
މިބަލީގައި ނިޔާވި 149 ވަނަ މީހާ ނިޔާވީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެއީ 56 އަހަރުގެ ފިރިހެނެކެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ 22:30 ގައި ވެސް މީހަކު ނިޔާވިއެވެ. އެއީ 71 އަހަރުގެ ފިރިހެނެކެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އަންނަނީ ނިޔާވާ މީހުން އިތުރު ވަމުންނެވެ. ބައެއް މީހުން ނިޔާވެގެން ހޮސްޕިޓަލަށް ގެންދާއިރު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ނިިޔާވި ޒުވާނާ ވެސް ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!