އިންޓަރނެޓު އަގުތައް ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު މއިަދު ހެނދުނު 10:00 ގައި އޮންނާނެކަމަށް ސަރުކާރުން އިޢުލާންކޮށްފި އެވެ.

މިރަސްމިއްޔާތު އެތައް ފަހަރަކު ތާވަލްކޮށް އެކިފަހަރުމަތިން ވަނީ ފަސްކުރެވިފައެވެ. މިނިސްޓްރީ އެފް އެންވަރަމަންޓް އެންޑް ކުލައިމެޓްޗޭންޗް އެންޑް ޓެކްނޮލިޖީގެ މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ނެޓް ހެޔޮކުރުން" ނަމުގައި ބާއްވާ ރަސްމިއްޔާތު އެމިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ހުރިހާ ޓީވީ ޗެނަލަކުން ދައްކާނެ ކަމަށެވެ.

Ad
rt

މިރަސްމިއްޔާތު ފުރަތަމަ ތާވަލް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން ވަނީ އަންގާރަ ދުވަހު އަގުތައް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން ދެން އިޢުލާންކުރާނެކަމަށް ބުނީ ބުރާސްފަތި ދުވަހު ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން ވިދާޅުވެފައި ވަނީ އިންޓަރނެޓްގެ އަގުތަކަށް ގެންނަ ބަދަލަކީ މިހާރުގެ އަގުތަކަށްވުރެ %20 ހެޔޮ އަގުތަކެއް ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އަންނާނީ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.