2 ހަފްތާ ފަހުން ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންއިން ނަގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކުޅުދުއްފުށީ ސިޓީކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެސީޓިގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 00:06 ގައި ކަމަށެވެ.
ކުޅުދުއްފުށި ސިޓީކައުންސިލުން ވިދާޅުވީ، 11 މެއި 2021 ގައި ކުޅުދުއްފުށީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގ ހާލަތު މިހާރު އުވާލެވިފައިވާކަމަށެވެ.
އެކައުންސިލުން ވިދާޅުވީ، މޮނިޓަރިންގެ ހާލަތު އުވާލިކަމުގައިވީނަމަވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މި ވަގުތު އަދި ދަތުރު ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުމަށް ކައުންސިލްގެ ހުއްދައާ އެކުކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން އެންމެ ފަހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެސިޓީގައި މިވަގުތު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ 17 ފަރާތެއް އެބަތިއްބެވެ. މިމަހުގެ 22 ވަނަ ދުވަހުގެ 6:00 އިން 23 ވަނަ ދުވަހުގެ 6:00 އަށް އެރަށުންނެގި 116 ސާންޕަލެގެ ތެރެއިން 4 ފަރާތެއް މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!