ހދ. ވައިކަރަދޫ ވީކޭޕީކަރސްއިން މިފަހަރު ގެނެސްދެނީ "އެގްނޯސިސް" ނަމަކަށް ކިޔާ ކުރު ފިލްމެކެވެ. މި ކުރު ފިލްމުގެ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލައިފައިވާއިރު ޓްރެއިލާ ވަރަށް ތަފާތުވެފައި ފުރިހަމައެވެ.

ވައިކަރަދޫގެ ހުނަވެރި ވީކޭ ޕީކާސް މިހާރު ތައްޔާރުވަމުން އެދަނީ ސުޕަރ ނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ ކުރު ފިލްމެއް އާންމުންނަށް ހަމައަށް ގެނެސްދިނުމުގެ މަސައްކަތެވެ. ހަމައެކަނި ޓްރެއިލަރ ބަލަައިލުމުންވެސް މި ފިލްމު ފުރިހަމަ ވާނެ ކަމުގެ އިހްސާސް ކޮށްލެވެއެވެ.

Ad
rt

މި ގޮތުން ދިވެހިންގެ ތެރޭގައި މަޤްބޫލް ކަމެއް ހޯދާފައިވާ ވެންޕަޔަރ ޑައިރީސް އަދި އޮރިޖިނަލްސް ފަދަ ސީރީޒްތަކުގައި ދައްކުވައިދޭ ހިންގައިމު މަންޒަރުތައް އަސްލަކަށްބަލައިގެން ފަރުމާ ކުރެވިގެން ހަދައިފައިވާ މި ފިލްމުގައި މުޅިންވެސް ހިމަނާފައިވަނީ ވައިކަރަދޫގެ މަންޒަރުތަކެވެ.

ޓްރެއިލަރ ބަލާ ކޮންމެ މީހެއްގެ މޫނުމަތިން ހައިރާންކަން ގެނުވަނީ މިޒުވާން ޓީމުގެ ފުރިހަމަ މަސައްކަތްކަން ޔަޤީނެވެ. ދައްކުވައިދީފައިވާ މޭކަޕްތަކާއި އިފެކްސްޓްތައް ތަފާތުވެފައި އެންމެން ކޮސްކޮށްލާވަރުވެއެވެ. މިމަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ބެކް މިއުޒިކާއި ކާސްޓުންގެ މޮޅު އެކްޓިންއިންކަން ޔަގީނެވެ.

މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަހެއް ވީކޭ ޕީކާރސް އިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ ކަމަށްވާ އަޙްމަދު އަރުޝަމް ބުނި ގޮތުގައި މި ފިލްމު ޖޫންމަސްތެރޭގައި ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ލަފާކުރެވެއެވެ. ތަފާތު 20 ކާސްޓުން ހިމަނައިގެން ނެރޭ މި ފިލްމުގައި ވައިކަރަދޫގެ ޒުވާން ސާފިންގް ގްރޫޕެއްކަމަށްވާ ވައިރޮދިންގެ މެންބަރުންވެސް ހިމެނޭ ކަމަށް ވީކޭޕީކާރސް އިން ވަނީ ހާމަކޮށްފައެވެ.

ވީކޭ ޕީކަރސް އަކީ ވައިކަރަދޫގައި އުފެދުނު ޕާކޯ ގޮރޫޕެކެވެ. މި ގްރޫޕުންވަނީ ސޯސަލް މީޑިޔާ ޕްލެޓްފޯމުތަކުން އެކުދިންގެ ހުނަރު އާންމުންނަށް ދައްކާލާފައެވެ. ކޮންމެ ފަހަރަކުވެސް ތަފާތު ގޮތަކަށެވެ. މިފަހަރު ކުރު ފިލްމެކެވެ.