ރިސޯޓުތައް ތަރައްގީ ކުރަން މިދިޔަ މަހު ބީލަމަށް ހުޅުވައިލި ހއ. ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅު އަދި ހދ. ކުޑަފަރުފަސްގަނޑުގެ އަގު ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީންވަނީ އުތުރުގެ މި 3 ރަށް ހިމެނޭހެން 23 ރަށުގެ އިކުއިޒިޝަން ކޯސްޓްވެސް ކުޑަކޮށްފަ އެވެ.

Ad
rt

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުގައި 16 ރިސޯޓެއް ހަދަން ދޫކުރާ މި 23 ރަށުގެ އަގު ދަށްކުރީ ކޮވިޑް-19 އާ ގުޅިގެން އިންވެސްޓް ކުރުމަށް އައިބަދަލާއެކުގައެވެ.

ރިސޯޓު ތަރައްގީ ކުރަން ދޫކުރި ރިސޯޓުތަކާއި އަގަށް ގެނައި ބަދަލު:

- ހއ. ވެލިފިނޮޅު: 420،000 ޑޮލަރު (ކުރީގެ އަގު: 600،000 ޑޮލަރު)

- ހއ. އަލިދުއްފަރުފިނޮޅު: 350،000 ޑޮލަރު (ކުރީގެ އަގު: 500,000 ޑޮލަރު)

- ހދ. ކުޑަފަރުފަސްގަނޑު: 210،000 ޑޮލަރު (ކުރީގެ އަގު: 300,000 ޑޮލަރު)

- މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު: 875،000 ޑޮލަރު (ކުރީގެ އަގު: 1,250,000 ޑޮލަރު)

- މ. މާއުސްފުށި: 1،575،000 ޑޮލަރު (ކުރީގެ އަގު: 2,250,000 ޑޮލަރު)

- ތ. ކާއްޑޫ: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން: 1،050،000 ޑޮލަރު (ކުރީގެ އަގު:1,500,000 ޑޮލަރު)

- ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ލ.ކަށިދޫ: 700،000 ޑޮލަރު (ކުރީގެ އަގު:1,000,000 ޑޮލަރު)

- ލ. ބޮޑުމުންޏަފުށި: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު): 525،000 ޑޮލަރު (ކުރީގެ އަގު: 750,000 ޑޮލަރު)

- ގއ. މާރެހާ: 1،400،000 ޑޮލަރު (ކުރީގެ އަގު: 2,000,000 ޑޮލަރު)

- ގއ. ފުނަދޫވިލިގިއްޔާ: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ގދ. ކަނޑަހަލަގަލާ: 875،000 ޑޮލަރު (ކުރީގެ އަގު: 1,250,000 ޑޮލަރު)

- ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

- ގދ. ފެރޭތަވިލިގިއްލާ އާއެކު އެއް ކްލަސްޓާގެ ގޮތުގައި އެ އަތޮޅުގެ ދެކާނބާ އާއި ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް: 700،000 ޑޮލަރު (ކުރީގެ އަގު: 1,000,000 ޑޮލަރު)

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ރަށްތަކަށް ބީލަން ހުށަހެޅޭނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށެވެ.