ހއ.ބާރަށުގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ބާރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ބާރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ އިއްޔެ ހަވީރުއެވެ. މިހިނގާލުން ނިންމާލީ އެރަށު ޖެޓީ ސަރަހައްދު ކައިރިއަށެވެ.
ހިނގާލުން ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ނަސްރު ދެއްވުން އެދި ކުރި ޚާއްޞަ ދުޢާ އަކުންނެވެ.
ޖެޓީ ސަރަހައްދުގައި ފަލަސްޠީނުގެ ދިދައެއް ދިދައެއްވެސް ވަނީ ނަގާފަ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހިރާއްޖެ ހިމެނޭހެން މުޅި އިސްލާމީ އުންމަތް ދަނީ އަޑު އުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!