ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓް (ކޭއާރުއެޗް)އަށް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އެފަދަ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައިބައިވެރިވުމަށް މާދަމާއިން ފެށިފެން މި މަހުގެ 27ގެ ނިޔަލަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓަރ ކުރަން ޖެހޭނީtenders@mtcc.com.mv އަށް އީމެއިލް ކޮށްގެންނެވެ.

Ad
rt

މި ޕްރޮޖެކްޓުގެ އަންދާސީ ހިސާބު ހުށަހެޅުން 3 ޖޫން 2021 ގެ 10:00 އަށް ކުރިއަށްދާނެއެވެ.

އެމްޓީސީސީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތުނުދެވޭނެ ކަމަށެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޭއާރުއެޗް)އަށް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އެފަދަ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން ޢިއުލާން ކުރިއިރު، އެ ހޮސްޕިޓަލްގައި 30 އެނދުގެ ވޯޑެއް ދެ ބުރިއަށް އެޅުމާއި، ވޯކްވޭ އެއް ގާއިމް ކުރުމާއި އޯޕީޑީ ސަރަހައްދު މަރާމާތުކޮށް ލެބް އޭރިއާ މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ މިހާރު ކުރަމުންނެވެ.