ހދ. މަކުނުދޫގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން "މަކުނުދޫ ފަލަސްތީނާއެކު" ނަމުގައި ހާއްސަ ހަރަކާތްތަކެއް، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިންތިޒާމްކޮށްގެން އެރަށުގައި ފަށައިފިއެވެ.
މިގޮތުން މިއަދު ހަވީރު ވަނީ މަކުނުދޫގެ މުޅި ރައްޔިތުން ޝާމިލްވާ ސައިކަލް ބުރަކާއެކު ހިނގާލުމެއް އެރަށުގައި ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި އެރަށުގެ ވަރަށް ގިނަ ކުދި ބޮޑު ރައްޔިތުން ބައިވެރިވިއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެފައިވާއިރު، ދިރިއުޅުމަށް ބިނާކުރި ގެދޮރާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަންވަނީ ބިމާހަމަވެފައެވެ.
އިޒްރޭލްގެ އަނިޔާވެރި އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތި ކުރުވާފައި މިހާލަތުގައި، އެ ރައްޔިތުންނަށް އެވާއެހީތެރިވުމުގެ ގޮތުން އެމްވައިއެމްއިން ކުރިއަށް ގެންދާ މިހަރަކާތްތަކުގައި، މަކުނުދޫގެ ކޮންމެ މިސްކިތެއްގައި ކޮންމެ ނަމާާދު ވަގުތަކު ފަންޑު ފޮށި ބެހެއްޓުމާއި، ރަށުގެ ކަންމަތީ ފަންޑު ފޮށި ދަނީ ބަހައްޓަމުންނެވެ. މިއަދުގެ ހިނގާލުމުގައި ވެސް ފަންޑު ފޮށި ބެހެއްޓިއެވެ.
ރަށުގެ މަގުތަކުގެ ކަންމަތި ތަކުގައި ފަންޑު ފޮށި ބަހައްޓާއިރު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މެސެޖްތައް ވެސް ދޭނެއެވެ.
މީގެއިތުރުން އެ ރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެހަރަކާތަށް ފަންޑު ހޯދުމަށްޓަކައި ކައިބޯތަކެތި ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެމްވައިއެމްއިން މައުލޫމާތު ދެއްވިއެވެ. އަދި އެރަށުގެ އޭސިޔާ ގާޑިޔަލުން މިއަދުގެ ހަވީރު 4:00 ން 8:00އަށް ވިއްކާކޮފީގެ ފައިސާ ފަލަސްތީނަށް އެހީވުމަށް ބަހައްޓާފައިވާ ފަންޑު ފޮއްޓަށް ހަދިޔާކުރަން ވަނީ ހަމަޖެހިފައެވެ.
"މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކޭމްޕް މެދުވެރިކޮށް ފަލަސްތީނަށް ފޮވުނުވަމަށްވަނީ ހަމަޖެހިފަ. މިކަމުގައި ރަށުގެ އެންމެ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދޭ. ރައްޔިތުން ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުދަންނަވަން" އެމްވައިއެމްގެ ރައީސް އަޝްފާޤް އާދަމް ވިދާޅުވިއެވެ.
އަޝްފާޤް ވިދާޅުވީ، ފަލަސްތީނަށް އެހީތެރިވުމަށް ފައިސާ ހޯދަން އެމްވައިއެމްއިން ހިންގާ ހަރަކާތައް މި އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފަ ވާކަމަށެވެ.
ފަަލަސްތިނާއެކު ތިބިކަން ހާކަމޮށް ދިނުމަށް އުތުރުގެ ބައެއް އިތުރު ރަށްރަށުގައި ވެސް ވަނީ މިއަދު ހަރަކާތައް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!