ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ "ބްލެކް ފަންގަސް" ނުވަތަ "ކަޅު ފަންގަސް" ދެނެގަނެވޭނެގޮތެއް، އަދި މިފަންގަސްއިން ރައްކާތެރިވުމަށް ދޭ ބޭހެއް ރާއްޖޭގައި ގައި ނެތް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ޓެސްޓުތައް މިއަދު ވަނީ ހަދަން ފަށާފައެވެ.
ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާއިރު ޑރ.ފައިސަލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީނިޒާމު ދަށްނަމަ މިބަލިޖެހުމަށް މަގުފަހިވާކަމަށާއި ކަނޑައެޅިގެން މިޖަރާސީމު ދެނެގަނެވޭނެގޮތެއް ރާއްޖޭގައި ނެތްކަމަށެވެ. އެހެނަސް ޢަލާމާތްތަކަށްބަލާ ބޭސްހުރިނަމަ ފަރުވާދެވޭނެކަމަށޭވެ.
"ބްލެކް ފަންގަސް" އަށް ދޭ ބޭސް ރާއްޖޭގައި ނުވެސް ހުންނާނެ ކަމަށެވެ. އަދި މި ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ބޭސް ކަމަށްވާ، އެމްފޯޓެރިސިންބީ ގެނެސް ރާއްޖޭގައި ބެހެއްޓުމަށް ފައިސަލް ވަނީ އެސްޓީއޯ އަށް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ އަވަށްޓެރި އިންޑިއާގެ ގިނަ ކުންފުނިތަކަކުން އުފައްދާ ބޭހެެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، ނޭވާލާ ނިޒާމާއި ހަންގަނޑުންވަދެ ސައިނަސް، ފުއްޕާމޭ،، ގޮހޮރު، އާ އެކިގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށް އެހިސާބު މަރާލާ އެފެތުރޭތަނެއް ނަގަންވެސްޖެހިދާނެކަމަށެވެ. އެގޮތުން ލޮލާއި ކަށިގަނޑު ހިމެނޭކަމަށް ވިދާޅުވި އެވެ،
"މިބައްޔަށްވުރެ ބޮޑަށް މިހާރު ވިސްނަންވީ ކޮވިޑާމެދު"
ޑރ. ފައިސަލް ގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާގައި ބްލެކް ފަންގަސް ފެތުރުން އިތުރުވެފައިވާއިރު، މި ބޭހުގެ ފަރުވާއަށް ބޭނުންވާ ބޭހުގެ ދަތިކަން ވެސް އެގައުމަށް ވަނީ ކުރިމަތިވެފައެވެ.
ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކަޅުފަންގަސް ޖެހިފައި ހުރިކަން ޔަގީން ކުރެވޭ މީހަކު އަދި ރާއްޖެ އިން ނުފެންނަ ކަމަށެވެ.
"ނަމަވެސް އެބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހުންތަކެއް ސަމާލުކަމަށް ކުރިން ވެސް އައިސްފައިވޭ"
ޑރ. އިބްރާހިމް ޝިހާމް ވިދާޅުވިއެވެ.
ޑރ. އިބްރާހިމް ޝިހާމް އިތުރަށް ވިދާޅުވީ، ބޭސް ނެތް ވާހަކަވެސް ދެކެވޭކަމަށާއި ބައްޔަކަށް ސަސްޕެކްޓް ކުރެވޭ ހިސާބުން ބޭސް ހުރިތޯ ބަލާ މެކޭނިޒަމްތަކެއް ހުންނަކަމަށެވެ. އަދި ބޭސް ނެތިގެން މިވަގުތު ހަގީގަތުގައި ކަންބޮޑުވުމެއް ވެސް ނެތްކަމަށްވެސް ޑރ.އިބްރާހިމް ޝިހާމް ވިދާޅުވިއެވެ.
ފަންގަހުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ބްލެކް ފަންގަސް" ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!