ކޯވިޑް19 އިން ރާއްޖެއިން މިއަދު ޕޮޒިޓީވްވި މީހުންގެ އަދަދު އިންތިހާއަށް މައްޗަށްގޮސްފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި މަޢުލޫމާތައް ބަލާއިއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބައްޔަށް 691 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

އެޗްޕީއެން ކުރި ޓުވީޓުގައި ބުނެފައިވަނީ ބާކީތިބި 1503 މީހުންނަކީ އެކިދުވަސް މަތިން ބެކްލޮގްގެ ގޮތުގައި ރިޕޯޓް ކުރެވިފައިވާ ފަރާތްތައް ކަމަށެވެ.

މިއާއި އެކު އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ބަލި ޖެހިފައިތިބި މީހުންގެ އަދަދުވަނީ 20276 އަކަށް އަރާފަ އެވެ.

ރާއްޖެއިން މިބަލިފެނުތާ އަހަރަކަށްވުރެގިނަދުވަސް ވެފައިވާއިރު މިއީ ނަންބަރުތައް މިހާމައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން މިބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 50802 އަކަށް އަރާފައެވެ.

މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 30403 މީހެކެވެ. ހޮސްޕިޓަލްތަކުގައި 280 މީހުންނަށް ފަރުވާދެމުންދާއިރު މިބަލީގައި ރާއްޖެއިން ވަނީ 114 މީހުން ނިޔާވެފައެވެ.