ރާއްޖެގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ރައްޔިތަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު މިއަދު ހެނދުނު ނިޔާވެފަވާ ކަމަށެވެ.

Ad
rt

އެއީ 51 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:44 ގައެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 109 ވަނަ މީހާއެވެ.

ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ވަރަށް ގޯސްކޮށް އޮތްއިރު، އިއްޔެ ވެސް އިތުރު 1465 މީހަކަށް މިބަލި ޖެހުނެވެ. އަދި ރާއްޖެއިން މިހާތަނަށް 47،421 މީހަކު މިބަށް ވަނީ ޕޮޒިޓިވްވެފަ އެވެ.