އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އޭނާ 2007 ވަނަ އަހަރު ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ އޭނާއަކީ ޒަޔަނިސްޓެއް ކަމާއި، ޒަޔަނިސްޓަކަށް ނުވަތަ ސިހްޔޫނީ އަކަށް ވުމަށް ޔަހޫދީ އަކަށް ވާންނުޖެހޭނެ ކަމަށެވެ.

މުސްލިމުންނަށް އެތައް ދަޅައެށް ދެއްކުމަށްފަހު އެމެރިކާގެ ވެރިކަމަށް އައިސް މިހާރުވެސް ޖޯ ބައިޑަން ގެންދަނީ އިޒްރޭލަށް ފާޅުގައި ތާއީދުކުރާކަން ހާމަކުރަމުންނެވެ.

Ad
rt

ޖޯ ބައިޑަން ގަބޫލުކުރާގޮތުގައި އިޒްރޭލަށް ތާއީދުކުރުމަކީ އެމެރިކާއިން ކޮންމެހެން ކުރަންޖެހޭ ކަމަކެވެ. އަދި އިޒްރޭލު ނެތްނަމަ އިތުރު އިޒްރޭލެއް މެދުއިރުމަތީގައި އުފައްދަން ޖެހޭ ކަމަށް ބައިޑަން ވަނީ މީގެ ކުރިން ބުނެފައެވެ.

އިޒްރޭލުގެ ވެރިރަށް ކަމުގައި މުސްލިމުންގެ އެންމެ މުޤައްދަސް ޤުދުސް ހެދުމަށް ޑޮނާޑް ޓްރަމްޕް ނިންމުމާއި ޓްރަމްޕުގެ އިޒްރޭލާއި ނަތަންޔާހޫއާއި އޮތް ގާތް ގުޅުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާއި ދެކޮޅަށް ކެމްޕޭނުކޮށް ބައިޑަން އަށް ތާޢީދުކޮށްފައެވެ.

އެމެރިކާއަކީ އިޒްރޭލު 1949 ވަނަ އަހަރު އުފެދުނީއްސުރެ އިޒްރޭލަށް ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ބޮޑަށް ތާއީދުކޮށް ހައްދުފަހަނައަޅާފައިވާ އެ އިޒްރޭލުގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް ފަންޑު ކުރާ އެއް ޤައުމެވެ. އަދި އެމެރިކާ ފާހަގަކުރެވެނީ އދ ފަދަ މަޖްލިސްތަކުގައި އިޒްރޭލާއި ދެކޮޅަށް ނެގޭ ކޮންމެ ވޯޓެއް ވީޓޯކޮށް އިޒްރޭލުގެ ދިފާއުގައި އަބަދުވެސް މަސައްކަތްކުރާ ޤައުމެއް ގޮތުގައެވެ.

އެތައް ސަތޭކަ މަޢުސޫމު ފަލަސްތީނީން ހައްޤަކާއި ނުލައި ޤަތުލުކުރަމުންދާ ސަހްޔޫނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އެމެރިކާ ސަރުކާރުން އަހަރުކު މަދުވެގެން 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެއެވެ. 1949 ގައި އިޒްރޭލު ދައުލުތެއްގެ ގޮތުގައި ދުނިޔެއަށް އިއުލާން ކުރިފަހުން މިއަދާއި ހަމައަށް އެމެރިކާއިން ވަނީ 85 ބިލއަނަށްވުރެ ގިނަ ޑޮލަރުގެ ހިލޭ އެހީ އިޒްރޭލަށް ދީފައެވެ.