ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ.

2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ.

Ad
rt

އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ.

އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދައްކަން އައުމުގެ ކުރިން މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި، މަރުކަޒުން އިރުޝާދުދޭ ގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެއެވެ.

ބަލި ފެތުރުން ހުއްޓުވުމަށް ގައިދުރުކަން އިސްކޮށް މާސްކު އެޅުމަށާއި ގިނަގިނައިން އަތްދޮވުމަށާއި ކޮންމެހެން ނުކުންނަންޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ކޯވިޑްދަނީ ހަލުވިކަމާއކު ފެތުރެމުންނެވެ.