ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ދައުލަތުން އިސްނަގާ ކައުންސިލްތަކާ ގުޅިގެން ހަރަކާތްތަކެއް ހިންގުމަކީ މުހިއްމު ކަމެއް ކަމުގައި އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިޒްރޭލްގެ ހަމަލާތައް ކުށްވެރިކޮށް ގިނަ ރަށްރަށުގެ ކައުންސިލްތަކުންދަނީ ބަޔާންނެރެމުންނެވެ.