ހދ. އަތޮޅުގެ 4 ރަށެއްގައި އަދި ށ އަތޮޅުގެ 2 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާން ކޮށްފި އެވެ.

އެ މިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ހދ. އަތޮޅުން އައުޓްޑޯ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި ހދ. ނޭކުރެންދޫ އެވެ.

Ad
rt

ށ. އަތޮޅުން މިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ 2 ރަށެއްގަ އެވެ. އެއީީ ށ. ފުނަދޫ އާއި ށ. މިލަންދޫ އެވެ.

އެމިނިސްޓްރީއިން ކުރި އިޢުލާނުގައި ވަނީ ޖުމްލަ 25 ރަށެއް ހިމަނާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ކެންދޫ ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ފެލިދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ތ. މަޑިފުށި، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ޏ. ފުވައްމުލައް އަދި ސ. ފޭދޫ އެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު އެއިޢުލާނާއެކު ވަނީ ގެޒެޓް ކުރެވިފައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައެވެ.