އެޗްޕީއޭއިން ވިދާޚުވީ، މިއަދު ރާއްޖެއިން ނިޔާވި 4 ވަނަ މީހަކީ އިންދިރާގާންދީ މެމޯރިއަލް ހޮސަޕިޓަލުގެ އެމާޖެންސީ ރޫމްގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
އުމުރުން 78 އަހަރުގެ އެ މީހާ ނިޔާވީ މިއަދު މެންދުރުު 12:48 ގައެވެ. އެއީ ދިވެހި ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރަށްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 91 ވަނަ މީހާ އެވެ.
މިއަދު މިބަލީގައި ނިޔާވި އިތުރު 3 މީހުންނަކީ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީން ނިޔާވި، 2 ދިވެހި ފިރެހެނުންނާއިި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ދިވެހި އަންހެނެކެވެ.
ރާއްޖޭގައި އިއްޔެ އެކަނިވެސް 1،216 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އެހެންކަމުން ރާއްޖޭއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 41،308 އަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!