ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ބަހައިފިއެވެ.

މި ހަރަކާތަކީ ޓައިޑްސްއާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ވަރުގަދަކޮށް އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއްކަމަށް ޓައިޑްސްގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

Ad
rt

2019 ވަނަ އަހަރުން ފެށިގެން ޢީދު ނުވަތަ ރޯދަ ހަދިޔާއެއް ރަށުގެ ރައްޔިތުންނަށް ބެހުމަށް ޓައިޑްސްގެ ހިންގާ ކޮމެޓީއިން ފާސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، 2020 ވަނަ އަހަރު ކޯވިޑް-19ގެ ޕޭންޑަމިކްގެ ސަބަބުން މި ހަރަކާތް މަޑުޖައްސައިލާ، މިއަހަަރު އަނެއްކާވެސް ޓައިޑްސްގެ ފަރާތުން ތުރާކުނުގައި ދިރިއުޅޭ ފަރާތްތަކަށް ޢީދު ހަދިޔާއެއް ވަނީ ބަހާފަ އެވެ.

"އިއްޔެ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް، އެއީ ބިދޭސީން ދިރިއުޅޭ ގޭބިސީތަކާއެކު ޖުމްލަ 100 ގެއަކަށް ޢީދު ހަދިޔާވާނީ ފޯރުކޮށްދީފަ. ހަދިޔާގެ ގޮތުގައި، 900 ގްރާމްގެ ކުކުޅަކަާއި 5 އޮރެންޖް ދީފައިވާނެ. 2019 ވަނަ އަހަރުގެ ރޯދަމަހު ކޮންމެ ގެއަކަށް ޓައިޑްސްގެ ފަރާތުން ކަދުރު ބަހާފަވާނެ. މި ހަރަކާތް ކޮންމެ ރޯދަމަހަކާ ދިމާކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ." މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މި ރަމަޟާންމަހަށް ހާއްސަކޮށް ތުރާކުނުގެ ރައްޔިތުންނަށާއި ސްކޫލު ދަރިވަރުންނަށް އަދި މުއައްސަސާތަކަށް އަމާޒްކޮށް، އިހަވަންދޫ "ވީއެސްއައި" އާއި "ޓައިޑްސް" ގުޅިގެން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި، ކުރިއަށް ހުރި ދުވަސްތަކުގައި އާންމުކޮށް ހުޅުވައިލާގެން ނަމާދު ވޯކްޝޮޕްތަކާއި ދީނީ އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

Eid Hadhiyaa Rashuge Meehun Dhiriulhey Geybisee thakah Havaalukurunmuge Programe
(10.05.2021)

Posted by TIDS on Monday, May 10, 2021

ތުރާކުނުގެ އުމުރާނީ ތަރައްގީއަށް ޓަކައި ޓައިޑްސްއިން އިސްނަގަައި ރަށުގެ ހިނަވާގެ ބިނާކޮށްފައިވެއެވެ. އެގޮތުން، ހިނަވާގޭގެ ހުރިހާ މަސައްކަތެއް ނިންމާ 2019 މެއި 19 ވަނަ ދުވަހު ކައުންސިލާ ހިނަވާގެ ހަވާލުކޮށްފައިވާކަމަށް ޓައިޑްސްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

2012 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ޓައިޑްސް މައިގަނޑުގޮތެއްގައި ހަރަކާތްތެރިވާނީ އިޖްތިމާއީ ތަރައްގީއަށާއި، ސިއްހަތާއި ކުޅިވަރު އަދި ތިމާވެށީގެ ދާއިރާއިންނެވެ.