"މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019" ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019" ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފިއެވެ.

Ad
rt

މި މުބާރާތް ހުޅުއްވައިދެއްވުމަށް ފަހުބޭއްވެވި ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ މިރަސްމިއްޔާތު މިއަދު އޮތީ މާލޭ ކުޅިވަރު އެކުވެނީގައެވެ

މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019، މުބާރާތް ފެށުމުގެ ގޮތުން ބެޑްމިންޓަން ތިން މެޗެއް ކުޅެފައިވެއެވެ. މި ތިން މެޗުވެސް އެކުއެކީގައި ކުރިޔަށްގެންގޮސްފައިވަނީ މަރާމާތަށްފަހު އަލުން ބޭނުންކުރަންފެށި ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައެވެ. ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު އަލުން ހުޅުވާފައިމިވަނީ އިތުރު ދެ ކޯޓާއެކު ކުރިޔަށްވުރެ ހޫނުމިން ދަށްކުރެވި، ބައިނަލްއަޤްވާމީ ފެންވަރުގައި ފްލޯރިންގ އަދި ލައިޓިންގް ތަރައްޤީ ކުރުމަށްފަހުގައެވެ.