ކޮވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހާލަތަށް ބަލާފައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫއްޕު (ޓެގް) ޓީމުން ބުނެފި އެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

Ad
rt

ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވަމުންދާއިރު މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުރޭ، ކުރީ ހަފްތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައި

ރާއްޖޭގެ ހާލަތު އޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަން ފާހަގަ ކުރަމުން ޝަހީދު ވިދާޅުވި އެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާމީހުންގެ އަދަދު ދަށްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެ އިން ނެގުނު 4014 ސާމްޕަލްގެ ތެރެއިން 590 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 439 މީހުންނެވެ. ރަށްރަށުން 141، އަދި ރިސޯޓްތަކުން ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއާ އެކު މިހާރުގެ ތަފާސްހިސާބުތަކަކީ، އެކްޓިވް ކޭސްގެ ގޮތުގައި 8،640 ކޭސް، އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދުގެ ގޮތުގައި 230 މީހުންނެވެ.

ކޮވިޑް ފެތުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މިރޭ އެ ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފަ އެވެ. ރެއަކީ ވެސް، ކޮވިޑް ޕޮޒިޓިވްގެ ރެކޯޑް އަދަދެކެވެ. އަދި ޖެހިޖެހިގެން ކޮންމެ ރެއަކު ކޮވިޑް ނަންބަރުތައް ރެކޯޑް ހަދަމުން އަންނަތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާދަޔާހިލާފަށް މައްޗަށް ދާތީ ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.