މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން، ކަނޑު އަޑީގައި ތިންބުރިވެފައި އޮއްވާ ފެނިއްޖެއެވެ.
އެ ގައުމުގެ ކަނޑުގެ ސިފައިން ބުނެފައިވާގޮތުގައި ސަބްމެރިންގައި ތިބި 53 ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ.
ކަނޑުގެ ސިފައިންގެ އޮފިޝަލުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނުގެ ސިގްނަލް އާދިއްތަ ދުވަހު ލިބެން ފެށި ކަމަށެވެ. އެއީ 800 މީޓަރު (2،600 ފޫޓު) ގެ އަޑިއެވެ.
މި ސަބްމެރިން ފެތުނު ސަބަބެއް އަދި ނޭނގެ އެވެ.
ސަބްމެރިންގައި ތިބި ފަޅުވެރިން މަރުވެފައިވާ ކަމަށް ސިފައިން ލަފާ ކުރަނީ ސަބްމެރިންގެ ބައެއް ބައިތައް ފެނިފައިވާތީއެވެ. އަދި އޮކްސިޖަން ހުރީ ތިން ދުވަހަށްވާވަރަށް ކަމަަށާއި ހޮނިހިރު ދުވަހަށް ތިން ދުވަސް ހަމަ ވެއްޖެ ކަމަށްވެސް ބުނެއެވެ.
ތަޖްރިބާކާރުން ބުނެފައި ވަނީ ސަބްމެރިން އޮތް ތަނަކީ އެ އުޅަނދު ސަލާމަތް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!