އިންޑިއާ ނޭވީން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރު ކުރަމުން އައި މަސްބޯޓެއް އަރަބި ކަނޑުން ހިފަހައްޓައިފިއެވެ.
މި ބޯޓު ހިފަހައްޓައި ބެލިބެލުމުން 399.5 މިލިއަން ޑޮލަރުގެ ޑްރަގްސް ވަނީ ފެނިފައެވެ. ބެލެވޭގޮތުގައި މިބޯޓު ދަތުރު ކުރަމުން އައި އިންޑިއާ އާއި ސްރީލަންކާ އަދި ރާއްޖެއަށް އައުމަށެވެ.
އިންޑިއާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މި ބޯޓުން ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހުން ނިސްބަތްވަނީ ލަންކާއަށެވެ. އަދި އެމީހުން ޑްރަގް ހިފައިގެން އައީ ޕާކިސްތާނުން ކަމަށް ބެލެވޭ ކަމަށެވެ.
މި ބޯޓު ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ އިންޑިއާގެ ކޯޗިއަށް ގެންގޮސްފައެވެ. މި ބޯޓު މިވަގުތު އޮތީ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތުން ކުރަމުން އަންނަ ކަމަށްވެސް ނޭވީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!