ކޮންމެ ދުވަހެއް ފެށެނީވެސް، ނިމެނީވެސް ޤައުމުގެ ޙައްޤުގައި ދިވެހި ސިފައިން ކުރާން އޮތް މަސައްކަތުގައި ދެމިތިއްބައި ކަމަށް ވިދާޅުވެ، ދިވެހި އެ ސިފައިންގެ އެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް ދިވެހި ސިފައިންނަށް މަރުޙަބާ ވިދާޅުވީ، ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށް އަރިސްކުރައްވައި، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

"ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށިނިމެނީ ޤައުމުގެ ޙައްޤުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެ. @MNDF_Official ގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ދަންނަވަން." ރައީސް ޞާލިޙް ވިދާޅުވެފަ ވެއެވެ.

ދިވެހި ސިފައިން އުފެދިފައިވަނީ މީލާދީން 1892 އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.