1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލެ އަދި ހުޅުމާލެ ހިމެނޭހެން ވިޔަފާރު މުދާ އުފުލުމުގެ ގަޑިތަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކަނޑައަޅައި އާންމު ކޮށްފިއެވެ.

މިގޮތުން ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނޑެއްގައި ވިޔަފާރު އުސޫލުން އުފުލުމަކީ މަނާކަމެކެވެ.

Ad
rt

މަނާ ގަޑިތަކެއް ކަނޑައެޅި ނަމަވެސް މުދާ އުފުލޭނެ ގަޑިތަކެއް ވެސް އެ އޮތޯރިޓީން ވަނީ އާންމު ކޮށްފައެވެ. މިގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް މާލެ އަދި ހުޅުމާލޭގައި ވެސް މުދާ އުފުލޭނެ އެވެ.

އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލޭނެ އެވެ. ނަމަވެސް ހެނދުނު 9:00 އިން ފެށިގެން 3:00 އަށް ފެނާއި ގޭސް އުފުލާނަމަ ބޭނުން ކުރަން ވާނީ 350 ކިލޯ އަށްވުރެ ލުއި މުދާ އުފުލަން ހުއްދަ އުޅަނދެވެ.

އަދި ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެއެވެ.

ބްރިޖްމަތިން މުދާ އުފުލާ އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންކަމުގައި އެ އޮތޯރިޓީން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ.