ހދ. ކުމުންދޫ ކައުންސިލްގެ ރައީސް ކަމަށް އަމީން މުޙައްމަދު އަދި އެކައުންސިލްގެ މެންބަރުކަމަށް އަލީ ޤާސިމް 3 ވަނަ އަޢުރަކަށް އިންތިހާބުވެފައިވާއިރު ޢަލީ އަންވަރު 4 ވަނަ ދަޢުރަކަށް އިންތިހާބު ވެއްޖެ އެވެ.
ވެރިކަންކުރާ އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތެއް މިހާރުވެސް އޮންނަ ކުމުންދޫ ކައުންސިލްއަށް އެރަށު ރައްޔިތުން މިފަހަރުވެސް ހޮވާފައިވަނީ ހުސް އެމްޑީޕީގެ މެންބަރުންނެވެ. މިއީ އުތުރުގެ ރަށަކުން އެމްޑީޕީއަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެވުނު ރަށެވެ.
1099 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ ކުމުންދޫގެ ރައީސްކަމަށް 4 ފަރާތަކުން ވާދަކޮށްފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި އަބްދުﷲ މުބާރަކް މުޙައްމަދު އަށް 320 ވޯޓް ލިބިފައިވާއިރު ޖޭޕީގެ ޓިކެޓްގައި ވާދަކުރި އަޙްމަދު ޝަރީފް އަށް ލިބިފައިވަނީ 10 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ އަތޮޅުކައުންސިލްގެ މެންބަރ ޒަކަރިއްޔާ ހަސަންއަށް ލިބިފައިވަނީ 7 ވޯޓެވެ. އިންތިހާބް ކާމިޔާބު ކުރެއްވި އަމީން މުޙައްމަދު އަށް ލިބިފައިވަނީ 410 ވޯޓެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް އާއި 90 ވޯޓުގެ ތަފާތެވެ.
3 ވަނަ ދަޢުރަކަށް އިންތިހާބުވި އަލީ ޤާސިމްއަށް ލިބިފައިވަނީ 378 ވޯޓެވެ. 4 ވަނަ ދައުރަކަށް އިންތިހާބުވި އަލީ އަންވަރު އަށް ލިބިފައިވަނީ 331 ވޯޓެވެ. އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިން 399 ވޯޓާއި އެކު ކާމިޔާބް ކުރީ ސާހިދާ މޫސާ އެވެ. އަދި އެޕާޓީން ދެންވާދަކުރި ކެންޑިޑޭޓް ނަޝާ އާދަމްއަށް ލިބިފައިވަނީ 367 ވޯޓެވެ.
ބޮޑު ތަފާތަކުން ކުުމުންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކޮށްފައިވާއިރު އެޕާޓީން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާގޮނޑިއެއްވެސް ނަގާފަ އެވެ.
Maruhabaa Kulhudhuffushi City Mayor Art Thif Arthif and your team
Shukuriyyaa
MP Yasir Latheef & Mohamed Raee
Mi bodu kaamiyaabee akee thiya dhe memberunn ge furihama baiveri vumaai eku libunu kaamiyaabee ehhhPosted by Ameen Mohamed on Sunday, April 11, 2021
ކުމުންދޫކައުންސިލްގެ ރައީސް މުޙައްމަދު އަމީން ވިދާޅުވީ މިކާމިޔާބީގެ ފަހަތުގައި އެތައްބަޔަކުވާކަމަށާއި ކުމުންދޫ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިތުރު ފުރުޞަތެއްދެވުމުން ހިތުގެ އެންމެ ފުންމިހުން އެރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ކުމުންދޫއިން އެމްޑީޕީއަށް މިހާބޮޑު ކާމިޔާބީއެއް ހޯދުމުގައި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީގެ މިންނެއް މަސައްކަތް ފާހަގަ ކުރާކަމަށް އަމީން ވިދާޅުވި އެވެ.
މަރުހަބާ ހުރިހާ އިންތިހާބު ކާމިޔާބު ކުރެއްވި އެއްމެހާ ބޭފުޅުން ނަށް،
މަކުނުދޫ، ކުމުންދޫ، ނޭކުރަންދޫ ލޮބުވެތި ރައްޔިތުންނަށް އިޙްލާސްތެރި ޝުކުރު.
އިންޝﷲ.@MDPSecretariat pic.twitter.com/9c2LYUgAph— Mohamed Raee / Makunudhoo Constituency (@Mraee12) April 11, 2021
އަމީން އިތުރަށް ވިދާޅުވީ މިކާމިޔާބީގެ ފަހަތުގައި ސަރުކާރުން އެރަށަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރާކަމަށާއި އެކައުންސިލްގެ ފުލް މެޖޯރިޓީ ލިބުމުގައި އެކަން ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ. އަދި ކުމުންދޫގެ ތަރައްޤީއަށް ދާއިރާގެ މެންބަރު ކުރައްވަމުން އަންނަ މަސައްކަތް އުފަލާއިއެކު ފާހަގަ ކުރާކަމަށް އަމީން ވިދާޅުވި އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!