އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ އުމުރުފުޅުން 99 އަހަރުގައެވެ. އޭނާ އަވަހާރަވިކަން މިއަދު ބަކިންހަމް ޕެލަސް އިން ވަނީ އިއުލާންކޮށްފައެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕްރިންސް ފިލިޕްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ދާދި ފަހުން ވަނީ ކޮށްފައެވެ. ފިލިޕަށް ވަނީ މަހެއްހާ ދުވަހު ހޮސްޕިޓަލްގައިފަރުވާ ދީފައެވެ.
"ލޮބުވެތި ފިރިކަލުން ހިޒް ރޯޔަލް ހައިނެސް ދަ ޕްރިންސް ފިލިޕް، ޑޫކް އޮފް އެޑިންބަރާ އަވަހާރަވިކަން ވަރަށް ފުން ހިތާމައާ އެކު ހަރ މެޖެސްޓީ ދަ ކުއީން އިއުލާންކުރައްވައިފި،" ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕްރިންސަސް އެލިޒަބަތާއި ފިލިޕް ކައިވެނި ބައްލަވައިގެންނެވީ 1947 ވަނަ އަހަރުގައެވެ. ކުއީން އާއި ފިލިޕަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!