ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

Ad
rt

މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދުއްފުށިސިޓީ އާއި ހަނިމާދޫ އަދި މަކުނުދޫ ހިމެނެއެވެ.

ބޭންކުން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗް، 68 ސެލްފްސާވިސް ސެންޓަރާއި 129 އޭޓީއެމް ހުޅުވައިފައެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝްއޭޖެންޓުން މެދުވެރިކޮށްވެސް އެ ބޭންކުން އަންނަނީ ހިދުމަތް ދެމުންނެވެ.

We are taking further steps to support our community with the opening of a new Self Service Banking ATM Centre in H. Dh....

Posted by Bank of Maldives on Friday, April 9, 2021