ތިލަދުންމަތި ބާރަށު ނެރު ފުން ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިންއޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

Ad
rt

މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށު ނެރުގެ 79،100 ކިއުބިކް މީޓަރު ފުން ކޮށް، ޖެޓީ ކައިރީގެ 8،600 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރާނެއެވެ.