އިންޑިއާގެ އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) ސްކޮޕަލިޝަޕަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އައިސީސީއާރުގެ ފަރާތުން ދެއްވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށް އެފަރާތުން އަންގާފައިވާ ކަމަށެވެ. އައިސީސީއާރުން ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ސްކީމެއްގެ ދަށުންނެނެވެ.

Ad
rt

އެއީ އެއިޑް ޓު މޯލްޑިވްސް ސްކީމްގެ ދަށުން 20 ފުރުސަތާއި، ޖެނެރަލް ސްކޮލަރޝިޕް ސްކީމުން 15 ފުރުސަތާއި އަދި ކޮމަންވެލްތު ސްކޮލަރޝިޕްގެ ދަށުން ހަތަރު ފުރުސަތެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕްދެއްވާ ފަރާތުންނެވެ. ޙަރަދުތަކުގެ ތަފްޞީލް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާއްމު ކޮށްފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން މެޑިކަލް/ޕެރަމެޑިކަލް (ނާރސިންގ/ފިޒިއޮތެރަޕީ/އެނެސްތެސިއާ) ފަދަ ކޯސްތައް އަދި ފެޝަން ކޯސްތަކުގައި ބައިވެރިނުވެވޭނެކަމަށް ސްކޮލަރޝިޕް ދެއްވާ ފަރާތުންވަނީ އަންގާފައެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު ސްކޮލަޝިޕްގެ ވެބްސައިޓުން ލިބޭނެއެވެ.

މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2021 ވާ އަންގާރަ ދުވަހެވެ. މި ސްކޮލަރޝިޕް ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯރޓަލް މެދުވެރިކޮށެވެ.

އޮންލައިން ޕޯޓަލްގެ ލިންކް

މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.