މިހިނގާ އަހަރުގެ އެޕްރީލް 11 އަދި 12 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރަށްވާފައި ވަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި އެވެ.
އެ ދެންނެވުމުގައި، މިހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޞާލިޙް ކަނޑައެޅުއްވި ސަބަބެއްކަމަށް ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ ކަމަށެވެ.
އަދި މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، މި އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، މި އޭޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާކަމަށް ވެސް، އެ ދެންނެވުމުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!