ފެނަކަ ކޯޕަރޭޝަނުން ފެން މީޓަރަށް ނަގަމުން އައި 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ.
އައްޑޫ ފޭދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ފީ ނުނަގާނެ ކަމަށް އޭނާވިދާޅުވިއެވެ.
ފެން މީޓަރުން 30ރ. ނެގުން ހުއްޓާލުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް 2019ވަނަ އަހަރުވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫގެ ހުރިހާ އަވަށަކަށް ސަޕްލައި ފެނުގެ ހިދުމަތް ދެމުން އަންނަނީ ފެނަކައިންނެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގެ ފެނުގެ ނިޒާމު މި ވަގުތު އޮތީ އިތުރަށް އަޕްގްރޭޑްކުރަން ޖެހިފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އަވަށްތަކުގެ 1،280 ޓަނުގެ ކެޕޭސިޓީ 14،000 ޓަނަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައި 7،000 ޓަނުގެ ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!