ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ.

Ad
rt

އެމްޑަބްލިއުއެސްސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ކުމުންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް ގެންގޮސް،ހޮޅިވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހައްޓާ އިމާރާތުގެމަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއަށް 102.17 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީލަފާކޮށްފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއްއިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކޮށް، 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމުގެއިތުރުން ފަސް ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމްކުރާނެއެވެ.

Posted by HDh.Kumundhoo Council on Friday, April 2, 2021

މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.